AASANDHA ABROAD IS OPENED FOR REGISTRATION

ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ފެށުމުގެ ވަޢުދުގެ ދަށުން، މިޚިދުމަތަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިކަމަށް ރަޖިސްޓަރ ވެލެއްވުމަށް ވަނީ ހުޅުވާލާފައެވެ (https://aasandha.mv/dv/media/35)

މިގޮތުން، 28 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން https://abroad.aasandha.mv އަށް ވަދެވަޑައިގެން މި ޕޯޓަލްގައި އޮންލައިންކޮށް ރަޖިސްޓަރ ކުރެއްވޭނެއެވެ. ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި މި ވަގުތު ދިރިއުޅުއްވާ ރައްޔިތުންނަށް މި ޕޯޓަލްގައި ރަޖިސްޓަރ ވުމަށް ވަނީ ހުޅުވާލެވިފައެވެ.